ދިވެހި ވަތަނީ ކިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގް4ވަނަ ބެޗް 351 ދަރިވަރުންނާއި އެކު ޅ. މާފިލާފުށިގައި ފަށައިފިއެވެ.
ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ އެމްއެންޑީ އެފްގެ ކޮމްޕޮސިޓް ޓްރެއިނިންގް ސެންޓަރުގައި ރާއްޖޭގެ 20 އަތޮޅަކުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން 14 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީން ބެޗުގައި ބައިވެރި ވެފައި ވެއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގް އަކީ ދިވެހި ވަތަނީ ޚިދުމަތާއި އަލަށް ގުޅޭ މެންބަރުންނަށް އަމާޒުކޮށް ގެން ހިންގާ ތަމްރީނެކެވެ. މި ތަމްރީނުގައި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާ އަކުން ތަމްރީނު ދިނުމާއި ދީނީ ތަރުބިއްޔަތާއި ޤައުމިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް އަދި މީގެ އިތުރުން އެތައް ތަމްރީން ތަކެއް ދެވޭނެއެވެ.
މި ތަމްރީނު ޕްރޮގަރާމުން ދަސްވެނިވާ ކޮންމެ ބައިވެރިޔަކީ އެއްބައިވަންތަ ކަމާއި އެކު ގުޅިގެން މަސައްކަތް ކުުމުގެ ހުނަރު ހުރި ،އަޚްލާގާއި ސުލޫކު ރަނގަޅު ބަހާއި ޢަމަލުގައި ތެދުވެރި ދިރިއުޅުމުގެ މައިދާނުގެ ހުނަރުތައް ލިބިފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބައެއް ގޮތުގައި ތަމްރީން ކުރެވޭނެ ބައެއް ކަމަށް ދިފާއީ ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ދިފާޢީ ވުޒާރާއިން އިތުރަށް ބުނީ މި ތަމްރީން ތަކުގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ ނަފްސައް އިތުބާރު ކުރާ،ދިވެހި ޤައުމިއްޔަތައް ލޯބިކުރާ ޒިންމާ ދާރު ޒުވާން ޖީލެއް ބިނަ ކުރުން ކަމަށެވެ.ދިވެހި ވަތަނީ ޚިދުމަތުގެ ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރުން ޒުވާނުން ބިނާ ކުރުމާއި ގުޅޭ އެންމެ މުހިއްމު އެއް ސިޔާސަތެވެ.

