މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުަހަބާއެއް ކިޔައިފިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިއަދެވެ. އެއްމިލިއަން ވަނަ ފަތުރުވެރިޔާއަކީ، ސްޕެއިނަށް ނިސްބަތްވާ އަލްމުދެންޔާ އަރްތޯނިއޯ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ޤަތަރު އެއާވޭސްގެ ފްލައިޓަކުންނެވެ.
ވަޒީރު މުޙައްމަދު އަމީން ވިދާޅުވިީ 2.5 މިލިޔަނާ ހަމައަށް ނުދެވުނުނަމަވެސް މިދިޔަ އަހަރުގެ ޓާގެޓް 2.24އާ ހަމައަށް ދެވުމަކީވެސް ބޮޑު ކާމިޔާބީއަކަށް ވާނެކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ ފެބްރުއަރީގައި ސަރުކާރާއި މިދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކާ ގުޅިގެން އެއަލައިންތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށާއި، ރާއްޖެއަށް އަންނަ ރޫޓްތަކަށް އިތުރު ރޫޓްތައް ހަމަޖައްސާ އިތުރު އެއަލައިންތައް ގެނައުމަށް މަސައްކަތް ކުރުމުން މިއަދު މިހިސާބަށް އާދެވުނު ކަމަށް ވެސް ވަނި ވިދާޅުވެފައެވެ..
އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ހައްސަ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މިހާރުވެސް ދުވާލަކަށް އެވްރެޖްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 5000 އިން މަތީގަ އުޅެއެވެ. ރާއްޖެ އަށް އާންމުކޮށް ފަތުރުވެރިން އަންނަނި އަރަބި ޤައުމުތަކަށް ނިސްބަތްވާ ފްލައިޓްތަކެވެ.

.jpg&w=256&q=75)
