11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހެދުމުގެ ޢަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.
މި މަސަައްކަތުގެ ޖުމްލަ އަގަކީ 912.15 މިލިއަން ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ:
ކ. ދިއްފުށި
އއ. ފެރިދޫ
އއ. މަތިވެރި
ބ. ކެންދޫ
ބ. ދަރަވަންދޫ
ރ. އިންނަމާދޫ
ރ. ރަސްގެތީމު
ނ. މަގޫދޫ
ނ. މާއުނގޫދޫ
ށ. ބިލެއްފަހި
ފ. ފީއަލި
ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.


