logo

އަލަށް ހޮވުނު ކައުންސިލުންނާއި ޑަބްލިއުޑީސީ މެމްބަރުން ހުވާކުރުން އަންނަމަހު 17 ގައި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

2026 އިން 2031 އަށް އަލަށް އިންތިހާބު ކުރެވުނު ކައުންސިލުންނާއި ޑަބްލިއުޑީސީ މެމްބަރުން ހުވާކުރުން އަންނަމަހު 17 ގައި ކުރިއަށްދާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ކައުންސިލްތަކުގެ ދައުރަކީ ފަސް އަހަރުގެ ދައުރެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ މާރޗް މަހުގެ 17 އަށެވެ.

ކައުންސިލަރުން ހުވާ ކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ އާންމު ކޮށް ކޮންމެ ދައުރެއްގައިވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކޮށް ނިންމާ ތާރީހަށެވެ.

މި ފަހަރު ކައުންސިލް އިންތިހާބުގެ 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައިވެއެވެ.

ad