ކުރިއަށް އޮތް ހަ މަސްދުވަހު ބައޯމެޓްރިކް ޑާޓާ ނުދީ ތިބި ބިދޭސީން ހޯދައި ޑީޕޯޓުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާ މަންސައެއް ކަމަށް އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާ ނިމިފައި ކަމަށެވެ.
އެހެންކަމުން ދިވެހި ސަަރުކާރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ކުރުމަށް ރާވާފައި އޮތް މަސައްކަތަކީ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ކުރިއަށްދާ މި މަސައްކަތަށްވާއިރު، މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ 13 އިން ސައްތައިގައި.ކަމަށެވެ. އެހެންނަމަވެސް އުސޫލުގެ ތެރެއިން ބަދަލު ގެނެވޭނެ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ފެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން 11،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން މިހާރު ވަނީ ޑީޕޯޓުކޮށްފައެވެ.


