logo

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ޖުލައިގައި ބާއްވަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ޚާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައިގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ޚިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔައެވެ. 2015 އަދި 2017ގެ މި އެކްސްޕޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ޚިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރުމަށް ރާވާފައިވާކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

ad