ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ މައްސަލާގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ގޭ ބަންދަށް ބަދަލުކުރުމަށް ފަހު، އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން "ވީ ނިއުސް" އަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ ބައްސާމް ވަގުތީ، ޒަރޫރީ ގޮތުން ގޭބަންދަށް އިއްޔެ ބަދަލުކުރީ އޭނާގެ ސާޖަރީއަކަށް ފަހު ޑޮކްޓަރުންގެ ސިއްހީ ލަފާގެ މަތިން ކަމަށެވެ. އަދި ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު "ދިވެހިޗެނަލް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ބައްސާމް ވަގުތީ، ޒަރޫރީ ގޮތުން ގޭބަންދަށް އިއްޔެ ބަދަލުކުރީ އޭނާގެ ސާޖަރީއަކަށް ފަހު ޑޮކްޓަރުންގެ ސިއްހީ ލަފާގެ މަތިން ކަމަށެވެ. އަދި ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް، ސާޖަރީއަށްފަހު ދޭންޖެހޭ ފަރުވާތައް ޖަލުގައި ހުރެގެން ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާތީ، އޭނާ އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރާއި އިތުރު 10،000 ޑޮލަރަށް ހިޔާނާތްތެރިވުމާއި، އަދި އެ ފައިސާ ލޯންޑާކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެގެންނެވެ.
މި މައްސަލައިގެ ތެރެއިން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ފުލުހުން ހިފަހައްޓާފައިވާއިރު، މިހާރު މި މައްސަލަތައް އޮތީ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައެވެ. މީގެ އިތުރުން، މި މައްސަލާގައި ހިމެނޭ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމްވެސް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
