logo

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން 35 އިންސައްތަ ޓޫރިސްޓުންނަށް އަސަރުކުރާނެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށާއު، 35 އިންސައްތަ ޓޫރިސްޓުންނަށް އޭގެ އަސަރުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވަނީ އެއްކޮށް ހުއްޓާލާފަ އެވެ. މީގެ ތެރޭގައި ރާއްޖެ އަަށް އާންމުކޮށް ޖައްސާ އެއާރލައިންތައްވެސް ހިމެނެއެވެ. އެގޮތުން އާންމުކޮށް ޖައްސާ އެމިރޭޓްސް، ގަތަރު އެއާވޭސް، އެތިހާދު، ފްލައި ޑުބާއީ ފަދަ އެއާލައިންތައްވެސް މީގެ ތެރޭގަ ހިމެނެއެވެ.

މެދުއިރުމަތިން ރާއްޖެއަށް އަންނަ އޮތް ގިނަ އަދަދެއްގެ ފްލައިޓުތައް މިހާރުވެސް ކެންސަލް ކުރަމުންދާއިރު، ރާއްޖޭން ފުރަން ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުންނެއް ވެސް ވަނީ މިކަމުގެ ސަބަބުން ރާއްޖޭގައި ތާށިވެފަ އެވެ.

ޕްލައިތްތައް ކެންސަލްވެ ފުލައިޓުތަކުން ނުފުރި 1،400 ފަތުރުވެރިން ތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ރޭގަ ވިދާޅުވިއެވެ. އެއާޕޯޓުގައި ތިބި ފަތުރުވެރިންނަށް، ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ތެރޭ ތިބެވޭނެ އިންތިޒާމު، ގޮނޑިއާއި އިންޓަނެޓާ އެކީ ހަމަޖައްސައިދީން ކަމަށްވެސް ތާރިގް ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑެތި ބުރޫތަކެއް އަރާފައެވެ. އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހު މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ޓޫރިޒަމަށް އަަސަރުކުރާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

މެދު އިރުމަތީގެ މަސްރަޙު ހޫނުވެ، ދަތުރުފަތުރަށް ބުރުއެރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާ އަސަރު ކުޑަކުރުމަށް މެދުއިރުމައްޗަށް ޓްރާންސިޓް ނުވާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ފާހަގަ ކުރެއްވީ މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ ކަމަށާއި، ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 8،800 ފަތުރުވެރިން މީގެ ކުރިން ޒިޔާރަތް ކޮށްފައިވާއިރު، 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތިން ނުވަތަ އެމަގުން ރާއްޖެއަށް އަންނަ ފަތުރުވެރިން ކަމަށެވެ.

އެހެންކަމުން 8800 ފަތުރުވެރިންގެ ތެރެއިން ހިސާބުތައް ބަލާލިއިރު ގާތްގަނޑަކަށް 30 އިންސައްތައާއި 35 އިންސައްތައާއި ދޭތެރޭ ފަތުރުވެރިން އައިސްފައިވަނީ މެދުއިރުމަތީގެ ފްލައިޓުތަކުން ކަމަށެވެ. އެހެންނަމަވެސް އުއްމީދަކީ މިކަން އަވަހަށް ހައްލުވުން ކަމަށެވެ. މެދު އިރުމަތިން އަންނަ ފަތުރުވެރިން ހަނގުރާމައިގެ ސަބަބުން މަދުވެގެން ދާނެ ކަމަށެވެ. ރާއްޖެ އަންނަ މީހުން ދެން ބަލާނީ އެހެން ރޫޓަކުން އާދެވޭތޯ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ޓްރާންސިޓް ނުކުރާ ފްލައިޓުތައް ފްރީކުއެންސީ އިތުރުކުރަމުންދަ ކަމަށާއި، ޗައިނާ، އިންޑިއާ މާކެޓަކީ އިތުރު ފްރީކުއެންސީ ވެއްޖެނަމަ ފޫބެއްދޭނެ ކަންތައްކަމަށްވެސް ވިދާޅުވިއެވެ.

ad