logo

 7 އިންސައްތަ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާނެ: ވަޒީރު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ %93 ނިމިފައިވާ ކަމަށާއި، 7 އިންސައްތަ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާނެ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ޕޭ ހާމަނައިޒް ކުރަންޖެހޭ %93 މުވައްޒަފުންގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

އަދި މިހާރު ވަނީ، ބާކީ ހުރި 7 އިންސައްތަ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އިރުޝާދުދީފައި ކަމަށެވެ. މޮގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ބާކީ ތިބި މުވައްޒަފުންނަށްވެސް މި ބަދަލުގެ ފައިދާ ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަކަށެވެ.

ad