logo

ހޯޕް އައިލެންޑް" އަށް ޕްރިޒަން އޮފިސަރުން ހޯދަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

"ހޯޕް އައިލެންޑް" ނުވަތަ އޯޕަން ޕްރިޒަން އައިލެންޑަށް ޕްރިޒަން އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިއުލާނު ކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕްރިޒަން އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ އޮފިސަރުން މަސައްކަތް ކުރަންޖެހޭނީ މާފުށި ޖަލު / އައްސޭރި ޖަލު / އޯޕަން ޕްރިޒަން އައިލެންޑްގައި ކަމަށެވެ.

މަހު މުސާރައެއްގެ ގޮތުގައި މަހަކު -/6,050 ރުފިޔާ ލިބޭނެ ކަމަށާއި، މަހަކު -/5,555 ރުފިޔާ ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ލިޔެކިއުންތަކާ އެކު މެއި 14 ވާ ބުރާސްފަތި ދުވަހުގެ 18:00 ނިޔަލަށް އެ ސަރވިސްގެ މައި އެމް.ސީ.އެސް ޕޯޓަލް https://my.corrections.gov.mv/jobsމެދުވެރިކޮށް ފޮނުއްވުމަށް ވަނީ އެދިފައެވެ.

މިއީ ރާއްޖޭގެ ޖަލުތަކުގެ ނިޒާމު އިސްލާހުކޮށް، ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން މަޝްރޫއުގެ ދަށުން "ހޯޕް އައިލެންޑަށް ނަގާ އޮފިސަރުންނެެވެ. ހޯޕް އައިލެންޑަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން ކޮންސެޕްޓަށް ތަރައްގީކުރާ ތަނެކެވެ. މި ރަށަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ ފަރާތްތައް އެކަންޏެވެ.

މިތަނުގައި ގައިދީންނަށް ތަފާތު މަސައްކަތް ކުރެވޭ ގޮތަށް އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދެވޭނެ ކަމަށާއި، އަލުން މުުޖުތަމައުއަަށް ބޭނުން ހިފޭ މީހެއްގެ ގޮތުގަ ނެރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

ad