ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް 'އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލެންތުރޮޕިސްޓް 2026'ގެ އެވޯޑު ލިބިވަޑައިގެންފި އެވެ.
އޭޝިއާ ސެންޓަ ފޯ އެންޓަޕްރިނިއާޝިޕްގެ މި އެވޯޑަކީ ވިޔަފާރި ކުރިއެރުވުމަށާއި އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް ގާސިމަށް އެރުވި އެވޯޑެކެވެ.
އިއްޔެ މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގާސިމްގެ ފަރާތުން އެ އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަލެއް ކަމަށްވާ އުމަރު އަރުކާން ގާސިމެވެ.
މި ހަފްލާގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދަށް ވަނީ "ފާދާ އޮފް އެންޓަޕްރިނިއާޝިޕް ޑިވެލޮޕްމަންޓް، މެލޭޝިއާ" ގެ ޝަރަފުވެރި އެވޯޑުވެސް އަރުވާފައެވެ.
ގާސިމަށް އެވޯޑް ލިބިޑައިގެންނެވި މި ރަސްމިއްޔާތުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
ގާސިމް ގެންދަވަނީ ތައުލީމާއި އެހެނިހެން ދާއިރާތަކަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ.

