logo

އިމަރޖެންސީ ފަރިތަކުރުންތަކުގެ ވީޑިއޯއަކާ ގުޅުވައި ފަތުރަނީ ދޮގު މަޢުލޫމާތު: އެމްއޭސީއެލް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

އިމަރޖެންސީ ފަރިތަކުރުންތަކުގެ ވީޑިއޯއަކާ ގުޅުވައި ފަތުރަނީ ދޮގު މަޢުލޫމާތު ކަމަށް ބުނެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން ބަޔާން ނެރެފިއެވެ.

ވީ.އައި.އޭ އިން ނެރުނު ބަޔާނުގައި ބުނީ މީސްމީޑީއާގައި އެމް.އޭ.ސީ.އެލްއަށް އަމާޒުކޮށް ދައުރުކުރަމުންދާ ވީޑީއޯގައި ފެންނަ މަންޒަރުތަކަކީ، 25 ނޮވެމްބަރު 2026 ގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތަކެއް ކަމަށެވެ.

އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދާ، އެ ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި އެ ކުންފުނީގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ މަޢުލުމާތަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެެއް ކަމަށެވެ. މިއީ މި ކުންފުނިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޢަމަލެެއްއް ކަމަށެވެ.

މިފަދަ ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި، ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތުތައް ދައުރުނުކުރުމަށް އެމް.އޭ.ސީ.އެލް އިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ad