logo

އިންޑިއާއަށް ދަތުރު ކުރާއިރު މިހާރު ސެލްފް-ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

އިންޑިއާއަށް ދަތުރު ކުރުމުގެ ކުރިން ހުރިހާ ފަސިންޖަރުން ވެސް ސެލްފް-ޑެކްލަރޭޝަން ފޯމު ފުރަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން އިން ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ އިންޑިއާ ސަރުކާރުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ އެންގެވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ޑީޖީސީއޭއިން އެގޮތަށް ކަނޑައަޅާފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެއީ ބައިނަލްއަގުވާމީ ގޮތުން ސަމާލުކަންދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައިވާތީއެވެ.

އެގޮތުން ހާއްސަ އެސްއޯޕީއެއް ކަނޑައަޅާފައިވާއިރު، އެސްއޯޕީގެ ދަށުން ފަސިންޖަރުން އަމިއްލައަށް ސިއްހީ ހާލަތު ބަޔާންކުރާ "ސެލްފް-ޑެކްލަރޭޝަން" ފޯމު ފުރުން ވަނީ މަޖުބޫރުކޮށްފައެވެ.

މޯލްޑިވިއަނުން ބުނީ، ދަތުރުވެރިންގެ ފަސޭހައަކަށް ޓަކައި، ކިއުއާރް ކޯޑު ސްކޭންކޮށްލައިގެން މި ފޯމު ފަސޭހަކަމާއެކު ފުރާލެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާނޭ ކަމަށެވެ. އެ ފިޔަވަޅު އަޅާފައިވަނީ ޑަބްލިއުއެޗްއޯއިން އެވޯލާ ބަލި، ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މީގެ އިތުރުން ވެސް އިންޑިއާއިން ވަނީ އެއާޕޯޓްތަކުގައި ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށް، ކޮންގޯ، ޔުގެންޑާ އަދި ދެކުނު ސޫދާނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ad