އެއްގެއިން އަނެއްގެއަށް ހަރަކާތުގެ އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ބުނީ މި ހަރަކާތުގެ ދަށުން ތަކެތި ހަދިޔާ ކުރައްވަން ބޭނުންވާ ފަރާތްތަކުން 7412111 އަށް ގުޅުއްވުމަށެވެ. އަދި ތަކެތި ބޭނުންވެލައްވާ ފަރާތްތަކުން ރުއްގަނޑު 1 އަށް ޒިޔާރަތްކުރެއްވުމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ހަރަކާތް މިހާރު ވަނީ ފަށާފައި ކަމަށާއި، ކުރިއަށްދާނީ 14 ފެބްރުވަރީގެ ނިޔަލަށް ކަމަށްވެސް ވަނީ ބުނެފައެވެ.
އެއްގެއިން އަނެއްގެއަށް ހަރަކާތަކީ ރޯދަ މަހާއި ދިމާކޮށް އެޗްޑިސީން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި އަހަރުވެސް މިއަހަރުވެސް ރޯދައަށް ބޭނުންކުރެވޭ އާ ފަރްނީޗަރުފަދަ ތަކެތި އެޗްޑީސީ މެދުވެރިކޮށް ދޫކުރަމަށް އެކުންފުނިން ވަނީ އިންތިޒާމް ތަކެއް ހަމަޖައްސާފައެވެ.

