logo

ވިޔަފާރިތަކަށް ދަތިތަކަމެއް ނެތި ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ރާވާފަ: ޒަމީރު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކަމެއް ނެތި ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ރާވާފަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ހުއްޓުމެއްނެތި ރާއްޖެއަށް ތެޔޮ ލިބޭނެ ސަރުކާރުން ކަށަވަރުކުރާ ކަމަށެވެ.

އެގޮތުން މި މަހުގެ 18 ވަނަ ދުވަހު 18،000 މެޓްރިކްޓަނުގެ ޑީސަލާއި، 5،400 މެޓްރިކްޓަނުގެ ޕެޓްރޯލު ޝިޕްމެންޓެއް ގެނެސްފައިވާ ކަމަށާއި އަދި އޭޕްރީލު 24 ވަނަ ދުވަހު 25،400 މެޓްރިކްްޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭއިރު، 28 ވަނަ ދުވަހު 28،000 މެޓްރިކްޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި އިތުރަށް ފާހަގަ ކުރެއްވީ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ދޫކުރުން އިތުރުކޮށްފައިވާ ކަމަށާއި، ނިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 5.6 މިލިއަން ޑޮލަރު ދޫކުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 106 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ހަނގުރާމައިގެ ހާލަތާ ގުޅިގެން ތެލުގެ އަގަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކެއް ކަމަށާއި، އެއީ ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫން ކަމަށް ޒަމީރު ވިދާޅުވި އެވެ.

ad