logo

ނިޒާމުގައި އޮތް އުނިކަމަކީ ދެ އިންތިހާބު ދޭތެރޭގައި މުއްދަތެއް ދިއުން: ދިޔާނާ ސަޢީދު

ދިވެހި ޗެނަލް
ދިވެހި ޗެނަލް
3 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން ދުސްތޫރީ ނިޒާމުގައި ބޮޑުވާނެކަމަށް ކުރިީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާުޅުވެއްޖެއެވެ.
ގާނޫނުއަސާސީއާަށް ގެންނަ އިސްލާހާމެދު ގާނޫނީ އަދި ދުސްތޫރީ ނަޒަރަކުން އިލްމީ ބަހުސްކުރުމަށް ބޭއްވި ފޯރަމްގައި ދިޔާނާ ވަނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފާއެވެ.
ދިޔާނާ ވިދާޅުވީ އިންތިހާުބުތައް އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރުގެ ވެރިން ރައްޔިތުންނާއި ބައްދަލުވާ މިންވަރު މަދުވާނެކަމަށް ބައެއް ފަރާތްުަތަކުން ބުނާއިރު، އެއީ ރަނގަޅު ވާހަކައެއް ނޫންކަަމަށެވެ.
ދިޔާނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނާއި ސަރުކާރު ބައްދަލުވާން ޖެހޭކަމަށާއި، އެކަމަަށް ގާުނޫނުއަސާސީގައި ކަނޑައަޅާފައިވާ ނިޒާމަކީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުތްލަގަށް ސަރުކާރަަށް ލިބޭތީ ރައްޔިތުންނާއި ސަރުކާރާއި ދެމެދު އޮންނަ ގުޅުން މިހާރު ކުޑަވެފައިވާކަމަށާއި، އެއީ ނިޒާމު އޮތްގޮތުން ދިމާވާ މައްސަލައެއްކަން ދިޔަާނާ ފާހަގަކުރެއްވިއެވެ.
ދިޔާނާ ވިދާޅުވީ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ބަޔަކު ވޯޓްލާ އިންތިހާބުކަމަށާއި އެ ދުވަހު މަޖިލީހުގެ އިންތިހާބު ބާއްވައިފިނަމަ ޑިމޮކްރެޓިކް ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުންވެސް ބޮޑުވާނެކަމަށެވެ.

ad