logo

އައްޑޫ މީދޫ ކައުންސިލުން، 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

އައްޑޫ މީދޫ ކައުންސިލުން، ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މުހިންމު އެއްބަސްވުމުގައި އެ ވުޒާރާފެ ފަރާތުން ސޮއި ކުރެއްވީސްޓޭޓް މިނިސްޓަރ އަޙްމަދު ހަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަހުމަދު ޝާތިރުއެވެ.

އައްޑޫ މީދޫ ކައުންސިލާއިއެކު އެއްބަސްވެފައިވާ މިހިންމު ތިން އެއްބަސްވުމަކީ:

  • މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޝަން ލެބެއް ގާއިމް ކުރުމަށް ވެވުނު އެއްބަސްވުން،
  • މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުން
  • މީދޫގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުމެވެ.

މީގެ ތެރެއިން ކޮކޮނަޓް ޕެސްޓް ރިހިބިލިޓޭޝަން ލެބުގެ އެއްބަސްވުމުގެ ދަށުން މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމުގައި ވިުޒާރާގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުމުިގެ ތެރެއިން މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން މި ވުޒާރާގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ ކުރިން އެގްރޮފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމަށް ދިހަ ރަށަކާއިއެކުވަނީ މިނިސްޓްރީން އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

ad