logo

ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ހާރިޖީ ވުޒަރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ފުރިހަމައަށް ތާއީދުކޮށްފަ އެވެ.

ހާރިޖީ ވުޒަރާއިން ބުނީ ޔަމަނުގައި ސުލްހަ ގާއިމުކުރުމަށާއި އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ޔަމަނުގެ ގާނޫނީ ސަރުކާރާއި އދ.އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ.

މީގެ އިތުރުން، ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީ ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރުވެސް އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާން ނިންމާލަމުން، ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކޮށް، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ad