logo

7 ވަނަ ވޯލްޑް މީޑިއާ ސަމިޓް ރަސްމީކޮށް ފަށައިފި

ދިޔާމާ އިބްރާހިމް
4 ގަޑިއިރު ކުރިން

7 ވަނަ ވޯލްޑް މީޑިއާ ސަމިޓްގެ ރަސްމީކޮށް ފަށައިފި. މި ސަމިޓްގައި ރާއްޖެ ތަމްސީލު ކުރާ މީޑިއާއެއްގެ ގޮތުން ޕީއެސްއެމް ވަފުދެއް ވެސް ވަނީ ބައިވެރިވެފައެވެ.

ޗައިނާގެ ބެއިޖިންގައި ކުރިޔަށްދާ މި ސަމިޓްގައި ދުނިޔޭގެ 112 ޤައުމަކާއި ސަރަޙައްދަކުން، މައިގަނޑު 330 މީޑިއާ އިދާރާއަކާއި، ދިރާސާކުރާ ފިކުރީ އިދާރާތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ގާތްގަނޑަކަށް 500 މަންދޫބުން ބައިވެރިވިއެވެ. މީގެ އިތުރުން، އދ. އާއި ބައިނަލްއަޤްވާމީ އެހެނިހެން ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ

ޝިންހުއާ ނިއުސް އެޖެންސީއާއި ބެއިޖިންގ މުނިސިޕަލް ޕީޕަލްސް ގަވަރމަންޓް ގުޅިގެން "މީޑިއާ އިން ދަ އިންޓެލިޖެންޓް އޭޖް: ފްރޮމް ކޮންސެންސަސް ޓު އެކްޝަން" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ ނޮވެންބަރު މަހުގެ 5 އިން 9 އަށެވެ.

މި ސަމިޓުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، މީޑިއާ ހިންގުމުގެ ނިޒާމުތަކުގެ އިތުރުން ނޫސްވެރިކަމުގެ މުސްތަގުބަލާ ގުޅޭގޮތުން ދުނިޔޭގެ މީޑިއާ ލީޑަރުންގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް ހަމެޖެހިފައެވެ.

މީގެ އިތުރުން، މި ސަމިޓަކީ ބައިނަލްއަގުވާމީ މީޑިއާ ލީޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ތަޖުރިބާ ހިއްސާކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ. އަދި އެންމެންގެ ބައިވެރިވުން ހިމެނޭ، ޒިންމާދާރު އަދި އިތުބާރުހުރި މީޑިއާގެ މާހައުލެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު މި ސަމިޓުގައި ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކުރާނެއެވެ.

މި ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ޕީއެސްއެމްގެ ގެ ޗެއަރޕަރސަން އާމިނަތު ނަމްޒާއާއި، އެގްޒެކެޓިވް ޑިރެކްޓަރ އަދި ކޮމްޕެނީ ސެކްރެޓަރީ އަބްދުﷲ ރަމީޒާއި، ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު އާސިފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ad