އެއްވެސް އުޅަދެއް މުސްކުޅިވެގެން އެއްލާލަކަށް ނުޖެހޭނެ ކަމަށާއި، ނައްތާލަން ޖެހުނު ނަމަވެސް ނައްތާލާނީ އިންތިޒާމުގެ ތެރެއިން އެ އުޅަނދެއްގެ ވެރިފަރާތަށް ދޭންޖެހޭ އަގެއްދީފަ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެއްގަމު އުޅަނދުފަހަރުގެ ގާނޫނަނަށް ގެންނަވަން ނިންމި ބަދަލާއެކު 20 އަހަރަށް ފަހު އެއްގަމު އުޅަނދުތައް ބޭނުން ނުކުރެވޭ ގޮތަށް ނިންމާފައިވާތީ ވެހިކަލް ގެންގުޅޭ ފަރާތްތަކުން މިކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އެބައޮތް ކަމަށެވެ. ނަމަވެސް މިކަންކަމަށް ހައްލު ގެންނާނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި، އެއްވެސް ފަރާތެއްގެ އުޅަދަކަށް މުސްކުޅިވެގެންނޭ ކިޔާފަ ނައްތާނުލެވޭނެ ކަމަށެވެ. ނައްތާލާނީ އެ ފަރާތަކަށް ދޭންޖެހެ އެއްޗެއް ދިނުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 20 އަހަރު ވަންދެން ކަމަށް ކަނޑައަޅާފައެވެ.
ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އާ ބަދަލާއެކު، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވޭނީ ގިނަވެގެން 20 އަހަރު ވަންދެންނެވެ. އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ވުމުން، ވެރިފަރާތަށް ނޯޓިސް ފޮނުވުމަށްފަހު އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރާނެ އެވ. މިހާރު 20 އަހަރު ވެފައިވާ އުޅަނދުތަކާއި، ކުރިއަށް އޮތް 2029 ވަނަ އަހަރާ ހަމައަށް 20 އަހަރު ފުރޭ އުޅަނދުތައް މަގުމަތިން ނެގުމަށް3 އަހަރުގެ މުހުލަތެއްވެސް ލިބޭނެއެވެ. މިގެ ތެރެއިނން އިސްތިސްނާ ވާނީ އާސާރީ ނުވަތަ ތާރީހީ ގޮތުން މުހިންމު އުޅަނދުތަކުގެ ގޮތުގައި ކަނޑައަޅާ އުޅަނދުތައް ކަމަށް މި ގާނޫން ބުނެއެވެ.

.jpg&w=256&q=75)
