logo

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ޕާސްޕޯޓްގެ ހިދުމަތް ދަންރަވަންދޫގައި ދޭން ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ބޮޑު އަގުގައި ރަށްރަށުން މީހުން މާލެ އައިސް ޚިދުމަތް ހޯދަން އޮންނަ "އަަޅުވެތިކަމަށް" ނިމުމެއް ގެނެސް، ސީދާ ރަށްރަށުން ޚިދުމަތް ލިބޭގޮތް ހެދުން ކަމަށް، ރައީސް ޑރ، މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބ.ދަރަވަންދޫގައި މިއަދު ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވުނު ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދުއެވެ.

އެ ހަފްލާގައި ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙު އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. ދިވެހި ޕާސްޕޯޓާ ގުޅޭ ހުރިހާ ޚިދުމަތެއް މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓު އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ ގޮތްވެސް ހަދާފައެވެ. އެގޮތުން ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، ފޮޓޯ އަދި ސޮއި އަޕްލޯޑްކުރުމާއި، އަދި ފައިސާ ދެއްކުން ފަދަ ކަންކަން ވެސް އެ ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރެވޭނެއެވެ.

މާލެއިން އެކަނި ލިބެމުންދިޔަ އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރެވިގެންދާއިރު، ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުން ހިދުމަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން އެ ރަށްތަކާ ދުރުގައި އޮންނަ އަތޮޅުގެ ރަށެއްގައި ވެސް ހިދުމަތް ދޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ad