logo

ޖީއެމްއާރަށް މި ގައުމުގެ މައި ދޮރާށި ވިއްކާލި ދުވަސް އަދިވެސް ދިވެހިން ހަނދާން ނުނެތޭ: ނާޒިމް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ޖީއެމްއާރަށް މި ގައުމުގެ މައި ދޮރާށި ވިއްކާލި ވިއްކާލުން ރައްޔިތުން އެއްގޮތަކަށް ވެސް ހަނދާން ނުނެތޭ ކަމަށް ރައީސް އިފީހުގެ ޕްރިންސިޕަލް ސެކެޓްރީ ޓުދަ ޕްރެޒިޒެންޓް އޮން ޕޮލެސީ އޮން މެނިފެސްޓޯ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށާއި، ގައުމަށް ދިމާވި ހާލަތްތަކުގައި އެ ޕާޓީގެ މެންބަރުން ތިބީ އަބަދުވެސް ގައުމު އިސްކޮށްގެން ކަމަށެވެ. ޕީއެންސީގައި މިހާރުވެސް ތިބީ އަޅުވެތިކަމާއި ދެކޮޅަށް އަޑުއުފުލި މީހުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ފާހަގަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ގައުމު އިސްކުރުމުގައި ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުން ޖީއެމްއާރަށް މި ގައުމުގެ މައި ދޮރާށި ވިއްކާލި ވިއްކާލުން ރައްޔިތުން އެއްގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގޮތް ނިންމެވުމުގައި ލީޑަރުންގެ ފަތްފުތްތައް ބަލަން ޖެހޭނެ ކަމަށާއ، އަދި ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ރައްޔިތުން ގޮތް ނިންމުމުގައި އެކަންކަމަށް ރިޔާއަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފާހަގަ ކުރެއްވީ ތިމަންނާ މެންނަކީ ގައުމު ދަރަނިވެރިވަމުން ދާތީވެ އެކަމާ ދެކޮޅަށް ވަކާލާތު ކުރި މީހުން ކަމަށާއި، މި ގައުމުގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް ޖިހާދުކުރި ވެސް މީހުން ކަމަށެވެ.

އަދި ދެ ރަހަ ދެކުނީ ވެސް ޓީމެއްގައި ގޮތުގައި އެންމެން ކުރި ބުރަ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތަކީ އަބަދުވެސް ގައުމު އިސްކުރުން ކަމަށެވެ. މިއަދުގެ ރައީސް، މުއިއްޒަކީ އެކަމުގަ ނަމޫނާ ދައްކަވަމުންގެންދަވާ ސިޔާސީ ލީޑަރެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ad