logo

ހޫތީންގެ ހަމަލާތަކާއި ގުޅިގެން އުމްރާގެ އަޅުކަމަށް ގޮސް ތިބި ދިވެހިންނަށް ނުރައްްކަލެއް ނެތް : ވަޒީރު ޑރ.ޝަހީމް

މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

ހޫތީންގެ ހަމަލާތަކާއި ގުޅިގެން އުމްރާގެ އަޅުކަމަށް ގޮސް ތިބި ދިވެހިންނަށް ނުރައްްކަލެއް ނެތް ކަމަށް އިސްލާމީ ކަންތައްތަކައި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާ އިން ވަނީ މައްކާގެ އިތުރުން ޖިއްދާ އަދި ތައިފް ސަރަހައްދަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދީފައެވެ.

ނަމަވެސް ފަހުން ސައުދީ ސިވިލް ޑިފެންސުން ވަނޫ މި އެލާޓް އުވާލައިފައެވެ.

މިއީ ހަމަލާތައް ބަދަލު ކުރަން ފެށި ފަހުން މައްކާ ސަރަހައްދަށް މިފަދަ އެލާޓެއް ނެރުނު ފުރަތަމަ ފަހަރެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމް މިޑިއާ ތަކަށް ވިދާޅުވީ، މިވަގުތު މައްކާގައި ތިބި ހުރިހާ ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށެވެ.

އެެއްވެސް ނުރައްކަލެއް ނެތް، ކަމަށެވެ.

ad