logo

500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަޝްރޫއު އަންނަ އަހަރު މެދުތެރޭގައި ފެށޭނެ: ފަހުމީ

މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް ކުރުމަށް ހަދަންޖެހޭ ސާރވޭ ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ.

ކަނޑުގެ އަޑިން ފެން އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު އުފެއްދި ކަމަށާއި، އެހެންނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރުވެސް ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. އަދި ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓާ ޕްލާންޓެއް ޤާއިމުކޮށްގެން ފެން އުފެއްދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންކަންވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

އެހެންކަމުން މަސައްކަތަށް ބޭނުންވާ ސާރވޭތައް ނިމުމަކާ ގާތްވެފައިވާއިރު، މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓާ ގުޅޭ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ހުރިހާ މަރުޙަލާތަކެއް ނިމުމުން އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއްކަމަށާއި ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެކަމަށެވެ. އަދި އޯރގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެކަމަށް ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުން މި ޕްލާންޓް ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓާ ޕްލާންޓެއް ޤާއިމުކޮށްގެން ފެން އުފެއްދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ނޯވޭގެ ކުންފުނިން ފެން އުފެއްދުމުން، އެމްޑަބްލިއުއެސްސީން އެ ކުންފުނިން ފެން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައެވެ.

ހާތަނަށް ކުރެވުނު ދިރާސާތަކުން މި ޕްލާންޓް ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. މި މަޝްރޫޢުގެ ދަށުން ނޯވޭގެ ކުންފުނިން ފެން އުފެއްދުމުން، އެމްޑަބްލިއުއެސްސީން އެ ކުންފުނިން ފެން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައެވެ. މިއީ ކާމިޔާބު މަސައްކަތެއްކަމަށާއި މިއާއެކު ފެން އުފެއްދުމުގެ ޤާބިލްކަން ހަރުދަނާވެގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.

ad