logo

އެމްއެންޔޫ އިން ޕާކިސްތާނުގެ 5 ޔުނިވާސިޓީއަކާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

މަރްޔަމް
ދުވަހެއް ކުރިން

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ޕާކިސްތާނުގެ 5 ޔުނިވާސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ސޮއިކުރީ ޕާކިސްތާނުގެ ނެޝެނަލް ޔުނިވާސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ އާއި ޕީއެމްއޭސްއެސް-އެރިޑް އެގްރިކަލްޗާ ޔުނިވާސިޓީ ރާވަލްޕިންޑީ އާއި ޔުނިވާސިޓީ ވާހު އާއި ގަވާމަންޓް ކޮލެޖު ޔުނިވާސިޓީ ލާހޯރްގެ އިތުރުން ފައުންޑޭޝަން ޔުނިވާސިޓީ އިސްލާމްއާބާދުއާ އެކު އެވެ.

އެ ޔުނިވަސިޓީތަކާ އެކު އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒެވެ.

މި އެއްބަސްވުންތަކުގެ ދަށުން ގުޅިގެން ދިރާސާތައް ކުރުމާއި، މާސްޓާސް ޕްރޮގްރާމްތަކާއި އަދި ސްޓޫޑަންޑް އެކްސްޗޭންޖްގެ ކަންކަމަށް މަގުފަހި ކުރެވޭނެ އެވެ. މީގެ އިތުރުން އެކެޑެމިކް ކެޕޭސިޓީ އިތުރުކޮށް ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ތައުލީމީ ގޮތުން ގުޅުން އިތުރަށް ވަރުގަދަ ވެސް ކުރެވޭނެ އެވެ.

ad