ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޝާހް ވިދާޅުވީ ކުދި އާބާދީގައި ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި ހަކުރުބަލީގެ މީހުން އެ ރަށުގައި ދިރިއުޅެމުންދާ ކަމަށާއި، އަދި އެ އަދަދު ސިދާ އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އެ ރަށްރަށުގައި ސްޓޮކް ކުރެވޭނެ ކަމަށެވެ. އެހެންވީމަ އެ ލެވެލްއަށް މަސައްކަތް ދެނެގަތުމަށްޓަކައި އިލެކްޓްރޯނިކް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.
ޝާހު މާހިރު ވިދާޅުވީ، ބޭސް ހުސްވުމުގެ މައްސަލަ ހައްލުކުރެވެން އޮތީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އެ ތަކެތީގެ އަދަދު ދުރާލާ ދެނެގަނެވިގެން ކަމަށާއި އެގޮތުން މި މި ކަމަށްޓަކައިމިހާރު ކުރިއަށްދާ "އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް"ސިސްޓަމާއި "އީ-ލޮޖިސްޓިކްސް"ސިސްޓަމް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.
މި ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ކޮލެޓީ ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވޭނެ ކަމަށާއި ހުސްނުވެ ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ އެ ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަަށެވެ. މިވަގުތު ރިޕޯޓްކޮށްފައިވާ ބޭސްތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ބޭސް ގެނައުމުގެ މަސައްކަތް ވެސް މިހާރުވެސް ކުރައްވަމުންދާ ކަމަށެވެ. އަދި މިގޮތަށް ނުލިބި ހުރި ގިނަ އަދަދެއްގެ ބޭސް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށްވެސް ވެސް ޝާހު ވިދާޅުވިއެވެ..

.jpg&w=256&q=75)
