ރ. އަތޮޅުގައި ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ރ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ރ. އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ހިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން ކަމަށާ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯއިން އިތުރަށް ބުންޏެވެ.
ސަރުކާރުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ގެންނަން ނިންމީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމާއެކު، ލާމަރުކަޒީ އަދި ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައެވެ.
މިގޮތުން ފެނަކަ އުވާލުމުގެ މަރުހަލާގެ ތެރެއިން އެ ކުންފުނީގެ އޮޕަރޭޝަންތައް ސްޓެލްކޯގެ ދަށަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.


