logo

ފަސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ވަޒީރު މުއްތަލިބް

ދިޔާމާ އިބްރާހިމް
12 ގަޑިއިރު ކުރިން

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.

ރާއްޖޭގައި މި ވަގުތު އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ ކިތައް ރަށުގައިތޯ އަދި އެ މަޝްރޫއުތައް ނިންމުމަށް އިތުރަށް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވެނީ ކިހާ ފައިސާއެއްތޯ ސާފުކުރުމަށް މެންބަރު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ މިނިސްޓްރީން ކޮންޓްރެކްޓް ކޮށްގެން ފަސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އަދި މަޝްރޫޢުތައް ނިންމުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަކަށް ނުބެލެވޭ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ލ. އިސްދޫ- ކަލައިދޫ އެއާޕޯޓް އަދި ކޮންޓްރެކްޓް ކުރެވިފައި ނުވާ ކަމަށާއި އެ މަޝްރޫއަށް ބޭނުންވާ 600 މިލިޔަން ރުފިޔާ މިހާރުވަނީ ބަޖެޓުގައި ހިމަނައިގެން ހަމަޖެހިފައި ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

މިވަގުތު މަސައްކަތް ކުރިއަށްދާ 5 އެއާޕޯޓަކީ އައްޑޫ ގަން އެއާޕޯޓާއި، ހދ. މަކުނުދޫ އެއާޕޯޓާއި، ފ. މަގޫދޫ އެއާޕޯޓްގެ އިތުރުން ރ. އަލިފުށީ އެއާޕޯޓް އަދި އިސްދޫ ކަލައިދޫ އެއާޕޯޓެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި އެއާޕޯޓް ތަރައްޤީކުރުމަށް 540 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ad