logo

ހިންމަފުށީގައި މާރާމާރީ ހިންގި މީހުން އަނބުރާ ރާއްޖެ ނާދެވޭނެ ގޮތަށް ފޮނުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ އަނބުރާ ރާއްޖެ ނާދެވޭނެ ގޮތަށް ފޮނުވާލަން ހުށަހަޅައިފިއެވެ.

ފުލުހުން މިއަދު ބުނީ ކ. ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ 2 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 2 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބަލާފަ ކަމަށެވެ.

އަދި ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް އެ ޚިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަން އަށް ވާނީ ހުށަހަޅާފަ ކަމަށް ވެސް ވަނި ބުނެފައެވެ.

ad