މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ކުރެހުމުގެ މުބާރާތަށް ތަކެތި ހުށަހެޅުމުގެ ފުރުޞަތު މަސްވެރިކަމާއި ދަންޑުވެރިކަމާއި ކަނޑުގެ ވަސީލަތްތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިފަހަރުގެ މުބާރާތުގެ ޝީއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "މަސްވެރި ކަމުގެ ސިނާއަތް ސިންދާފަތު ކުރުމަށް ޒުވާނުންގެ ބައިވެރިވުން" އެވެ. މި ޝިއާރުގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގެ މުސްތަގުބަލަށް ޒުވާނުންނަކީ ކިހާ މުހިންމު ބައެއްކަން ފާހަގަކުރުންކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި އެގްޒިބިޝަންނަށް ހުށައަޅާ އާޓްވޯކްތައް ބަހާލެވިފައިވަނީ 3 އުމުރުފުރާއަކަށަށެވެ. އެއީ 12 އަހަރުން ދަށް، 12 އަހަރުން މަތި އަދި ބައިނަލްއަޤުވާމީ ބައިވެރިންގެ ދާއިރާއެވެ.
ބައިނަލްއަޤުވާމީ ދާއިރާ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން، ރާއްޖޭގެ މަސްވެރިކަމުގެ ސަޤާފަތާއި، މުޖުތަމަޢުތަކާއި، ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ރާއްޖޭގެ މަސްވެރިކަމުގެ ސަގާފަތާއި، ރާއްޖޭގެ ސަގާފަތާއި، ސަގާފަތާއި ދިރިއުޅުމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި އަލިއަޅުއްވައި، ބޭރުގެ ނަޒަރަކުން ރާއްޖޭގެ މަސްވެރިކަމަށް ބަލައި، މަސްވެރިކަން ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ޖެހޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި މުބާރާތަށް ކުރެހުން، ޕެއިންޓިންގ، ޑިޖިޓަލް އާރޓް، ސްކަލްޕްޗަރ އަދި މިކްސްޑް މީޑިއާ މިއިން ކޮންމެ ބާވަތެއްގެ ހުށަހެޅުމެއްވެސް ހުށަހެޅިދާނެއެވެ.
މި މުބާރާތުން ވަނަ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދާއިރާ އަކުންނާއި އާރޓްވޯކްތަކުގެ ކޮންމެ ވައްތަރަކަށެވެ. މި މުބާރާތުން ވަނަ އަށްދާ ކޮންމެ ފަރާތަކަށް 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި މުބާރަތުގައި ބައިވެރިވުމަށް 25 ނޮވެންބަރުގެ 14:00 ކުރިން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު އެ ވުޒާރާއިން ބުންޏެވެ. އަދި އާޓް އެގްޒިބިޝަންގައި ދައްކާލުމަށް ހަމަޖެހިފައިވާ އާޓްވޯކް 6 ޑިސެންބަރުގެ 14:00ގެ ކުރިން ހަވާލުކުރަންޖެހެއެވެ.


