އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމަށް މިމަހުގެ 15 ގައި އޯޕަންޑޭއެއް ބާއްވަން ނިންމައިފިއެވެ.
އޯޕަންޑޭ ކުރިއަށް ދަނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި 15 ވަނަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ އޮފާތައް ފޮނުވާފަ ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަަމަށް ވެސް ބުނެފައި ވެއެވެ. އަދި އޮފާ ގަބޫލުކުރާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ އެ ދުވަހު ނިންމާލެވޭނެއެވެ.

.jpg&w=256&q=75)
