logo

މިއަދުން ފެށިގެން ޖުމްހޫރީ މައިދާން ބަންދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ނަސްރުގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ކުރިއަށް އޮތް ހަ ދުވަހަށް، ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަން ނިންމައިފިއެވެ.

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މި މުއްދަތުގައި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ބަންދުވާނެއެވެ.

ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތްވެ، ލިބުނު ފަޚުރުވެރި ނަސްރުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

އެ ދުވަސް ފާހަގަކުރުމަށް ސިފައިންނާއި ފުލުހުން އަދި ކަމާބެހޭ އިދާރާތަކުން ކޮންމެ އަހަރަކު ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ

ad