ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިގެއްލިޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފ އެވެ.
ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އިންތިހާބުވި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝުޖާއު ޢަލީ ގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.
އިސީން ބުނެފައި ވަނީ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރުވުމުން ކައުންސިލްގެ މެމްބަރު ކަމުގެ މަގާމުން ވަކިވާނެ ކަމަށެވެ. އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު އިންތިހާބުވުމަށްފަހު ދައުރު ފެށުނު ފަހުން، އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މޭއި 19 ވަނަ ދުވަހު އީސީގައި ދަފްތަރުކޮށްފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
މި ސަބަބައްޓަކާހުރެ އެ މަގާމުން އޭނާ ވަކިވެއްޖެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މަގާމު ހުސްވެފައިވާކަން އީސީއަށް އަންގަން މިދިޔަ އަންގާރަ ދުވަހު އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ތިނަދޫ ކައުންސިލް ހިންގުން މިހާރު ވަނީ އެ ކައުންސިލްގެ ނައިބު ރައީސްއާއި ހަވާލުކޮށްފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ދަ ޑިމޮކްރެޓްސްއަށް މެންބަރުން ހަމަކުރެވިފައިނުވާތީ އެ ޕާޓީ ވެސް ވަނީ އުވާލާފައެވެ. މީގެ ކުރިން ސުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް ސޮއިކުރެއްވީ، އޭނާ ނިސްބަތްވި ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން ކަމަށެވެ.
ޝުޖާއު، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިސީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވަނީ މެއި 19 ވަނަ ދުވަހު އެވެ. ދަ ޑިމޮކްރެޓްސް އުވާލާފައިވަނީ ޝުޖާއު އެމްޑީޕީގައި ދަފްތަރުވީފަހުން ނެވެ. އަދި އެ ޕާޓީ ރަސްމީކޮށް އުވާލިކަން އެންގިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެސް ފަހުންނެވެ.

.jpg&w=256&q=75)
