logo

ދަރިންނަށް ޚަރަދު ނުދޭ މީހަކު ޖަލަށް ލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

ދަރިންނަށް ހަރަދު ނުދޭ މައްސަލައެއްގައި މީހަކު ދެ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލައިފިއެވެ.

މި މައްސަލައަކީ ކޯޓުން ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭތީ، ދަރިންގެ ޚަރަދުގެ ފައިސާ ހޯދުމަށް ދެ ކުދިންގެ މަންމަގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން މީހަކު ޖަލަށް ލާން ހުކުމްކޮށް، އޭނާގެ ވަނަވަރު މިއަދު ވަނީ ހާމަކޮށްފައިވާއިރު، ލަންދޫ ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރުގެ މައްޗަށެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކުރި އަމުރުގައި ވަނީ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހަށް ޖަލަށް ލައިފައިވާ ކަމަށެވެ.

ލަންދޫ ކޯޓުން ވަނީ އެ މީހާގެ ފޮޓޯ އާންމުކޮށްފައިވަނީ އާއިލާއާ ބެހޭ ގަވައިދުގެ 55 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލައިގައި އޭނާގެ މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ މުދަލެއް ކޯޓަށް ނެގުމުގެ އިތުރުން، އެ މީހާގެ މައުލޫމާތު އާންމުކޮށް ޝާއިއުކުރުމުގެ ބާރު ވެސް އެ ގާނޫނުން ވަނީ ދީފައެވެ.

ad