logo

ދެކުނުގެ ރަށެއްގައި އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

ދެކުނުގެ ރަށެއްގައި އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 އޮގަސްޓް 31 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ސެޕްޓެންބަރު 3 ވަނަ ދުވަހު 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ ކަމަށެވެ.

ދިވެހިޗެނަލަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ ޖިންސީގޯނާގެ މައްސަލަ ފެންމަތިވީ އެ ރަށު މީހަކާއި އިދެގެން އުޅުމަށްފަހު ވަރިވެފައިވާ ތ. ގުރައިދޫ އަށް ނިސްބަތްވާ ފިރިނެއް ކަމަށެވެ. އެއީ ކުއްޖާގެ ދޮން ބައްޕަ ކަމަށާއި، މިއަދު އަނިޔާ ލިބުނު އަންހެން ކުއްޖާގެ އާއިލާއިން އެމީހާ ދިރިއުޅޭ ސަރަހައްދަށް އެއްވެ އޭނާ އަށް ހަމާލާދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ad