logo

މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް  ކުރުން އަންނަ ހަފްތާއަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ސާބިތު ދަރައްޏެއްގެ މައްސަލައިގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލައިގައި ހުކުމް ކުރުން އަންހަފްތާގެ އާދިއްތައަށް ހަމަޖައްސައިފިއެވެ.

މި މައްސަލައިގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެ މައްސަލަ ބެލުމަށްފަހު އަޑުއެހުންތައް ނިންމާލާފައިވާތާ މިހާރު ވަނީ ނުވަ މަސްވެފައެވެ. އެއީ މިދިޔަ އަހަރު ޖުލައި މަސްތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ސާބިތު ދަރަންޏެއް އޮވެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނުނު އަސާސީން ވަނީ ބުނެފައެވެ. ސިނާންގެ ގޮނޑީގެ މައްސަލަ އަކީ އިސްލާމިކް ބޭންކުން ނެގާފައިވާ ލޯނަކަށް ފައިސާ ދައްކާފައި ނުވާ މައްސަލައެކެވެ. އެގޮތުން 2.5 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ސުޕްރީމް ކޯޓަށް މައްސަލައެއް އަމިއްލަ މީހަކު ހުށަހަޅާފައިވާތީ މައްސަލަ ބަލަން ނިންމީ އެވެ.

މި މައްސަލަ ބައަލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ad