ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި މިއަދު ފެން ބޮޑުވުމާ ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ފަޔާ އެންޑް ރެސްކިއު ޓީމުން، މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
ވާރޭ ވެހޭ އިރަށް މާލޭގައި ފެންބޮޑުވުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ފަހުން މި މައްސަލަށް އަށް ދާއިޟި ހައްލެއް ހޯދާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ނަމަވެސް މި މައްސަލަ އަށް ދާއިމީ އެކަށީގެންވާ ހައްލެއް މީހާތަނަށް ގެނެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ފެންބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގޭގެ އަށާއި، ވިޔަފާރި ކުރާ ފިހާރަތަކާ ރެސްޓޯރެންޓްފަދަ ތަންތަނަށް ފެން ވަދެ، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް މީގެ ކުރިންވެސް ވަނީ ލިބިފައެވެ.


