ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ކުރިއަށް ގެންދަން ބައިނަލްއަގްވާމީ ވަކީލުންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަނޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ ނިމިދިޔަ ސަރުކާރުން އެ މައްސަލާގައި ޢަމަލުކޮށްފައިވާ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިމައްސަލަ ނިމިގެ ދިޔައިރު ރާއްޖެއަށް ކަނޑުގެ ސަރަހައްދު ގެއްލި އެކަމުގައި 37 މިލިޔަން ރުފިޔާ ހޭދަވެފައިވާ ސަރުކާރުން ވިދާޅުވެފައެވެ.
މިމައްސަލައިގެ ކަން ހިނގާފައިވާ ގޮތް ބެލުމަށް ބައިނަލްއަޤްވާމީ ޤާނޫނީ ޓީމެއް އެކުލަވާލާއި ދިރާސާ ކޮށްފައިވާވައިރު، މިމައްސަލަ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ އަދާހަމަ ހާމަކުރައްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިމައްސަލާގައި އެކުލަވާލި ޓީމުން ހެދި ދިރާސާ ކެބިނެޓަށް ހުށަހަޅައި، އެކަމުގައި ކެބިނެޓުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިމައްސަލައިގެ ކަން ހިނގާފައިވާ ގޮތް ބެލުމަށް ބައިނަލްއަގްވާމީ ގާނޫނީ ޓީމެއް އެކުލަވާލާއި ދިރާސާ ކޮށްފައިވާވައިރު، މިމައްސަލަ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.
ކަނޑުގެ ސަރަހައްދުގެ ގެއްލުމާއި ގުޅޭގޮތުން މިދިޔަ މާރިޗު ވާހަކަ ދައްކަވަމުން ރައީސް ވަނީ މިމައްސަލައިގެ ކަން ހިންގާފައިވާގޮތުގެ ތަފްސީލް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން މިމައްސަލައިގެ ތަފްސީލްތައް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިމައްސަލައަކީ މޮރިޝަސްއިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް ކަން ފާހަގަކުރައްވާ ރައީސް ވިދަޅުވީ އޭރު އާބިޓްރޭޝަންތެރެއިން ރާއްޖެއާއި ދެކޮޅަށް މައްސަލަ ނިމުނަސް އެކަން އިސްތިއުނާފްކޮށް ކާމިޔާބުކުރުމުގެ ފުރުސަތު ރާއްޖެއަށް ބޮޑުކަމަށެވެ.
ނަމަވެސް އާބިޓްރޭޝަން މަރުހަލާ ދޫކޮށް، މޮރިޝަސް ސަރުކާރުން ނޭދެނީސް ކުރީ ސަރުކާރުން މިމައްސަލަ އިޓްލޮސްއަށް ގެންދަން އެދުނު ކަމަށާއި، އެ މައްސަލަ ނިންމީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މިމައްސަލަ އަލުން ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހަޅައިގެން މިހާރު ކާމިޔާބު ކުރުމަށް އުނދަގޫވާނެ ކަމަށާއި، ނަމަވެސް އެކަން ކުރައްވާނެ ކަމަށް ބުނެފައެވެ. ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ ގާނޫނާއި ހިލާފު ސިޓީއެއް މެދުވެރިކޮށްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީ ވަނީ މިދިޔަ ފެބްރުއަރީ މަހު އަނބުރާ ގެންދަވާފައެވެ.
ރައީސް ވިދާޅުވީ މިމައްސަލާގައި ދައުލަތަށް ގެންލުއްވާ ގޮތަށް އަމަލުކޮށްފައިވާތީ އެކަމާއި ގުޅިގެން ފިޔަވަޅު އަޅުއްވާނެކަމަށެވެ.

