logo

ފަޅައިގެންދިޔަ ލޯންޗުގަ ތިބީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމް އަށް ދިޔަ ދަރިވަރުން: އެމްއެންޑީއެފް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
17 ގަޑިއިރު ކުރިން

މާފިލާފުށި ކައިރިން ދަތުރު ކުރި ލޯންޗެއް ފަޅައިގެން ދިއުމުން އެ ލޯންޗްގައި ތިބި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ކަނޑަށް ބާލައިފައިވާ ކަމަށް ދިވެހި ސިފައިންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗް އެ ސަރަހައްދުގަައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މެއި 18 ވަނަ ދުވަހުގެ 18:04 އެހައިކަންހާއިރު އެވެ.

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިން ހިނގި މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެނެސްފަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފަ ކަމަށެވެ. އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުން.

ad