ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ކުރިއަށް އޮތް ތިން ދުވަހު ގަދަވާނެކަމަށް ލަފާކޮށް، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާގެ މީޑިއާ އޮފިޝަލު "ދިވެހިޗެނަލް" އަށް ވިދާޅުވީ ހައްޖާއި އީދު ބަންދުގައި ދެކުނަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އުތުރާއި މެދުރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދުން ފެށިގެން ވައި ބާރުވާނެ ކަމަށާއި އެގޮތުން 13 އާއި 23 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އުތުރާއި މެދު ރާއްޖެތެރެއަށް ކަނޑުތައްވެސް ގަދަވާނެކަަމަށް ވެސް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އީދަށް ދެކުނަން މޫސުން ރަނގަޅުވާލެކަމަށާއި އުތުރާއި މެދުރާއްޖެތެރޭއަށް މޫސުން ގޯސްވެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހުރިހާ ފަރާތްތަކުން ވެސް ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އީދު ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް ނާޅައި ދަތުރުތަކަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

