ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި އެވެ.
މަޖިލީހުގެ ދައުރު މިއަދު ނިމޭގޮތައް ގަވައިދުގައި އޮތްނަމަވެސް މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މުހިއްމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލީހުގެ ދައުރު މެއި 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ހުށަހަޅާފައެވެ. ދައުރު އިތުރުކުރަން ވޯޓަށް އެހުމުން 58 މެންބަރުން ވަނީ ދައުރުގެ މުއްދަތު އިތުރުކުރަން ވޯޓް ދެއްވާފައެވެ. ދައުރުގެ މުއްދަތު އިތުރުކުރަން ނުފެންނަކަމަށް 11 މެންބަރުން ވޯޓް ދެއްވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މުހިއްމު ބިލްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙް ހުށަހަޅުއްވާފައިވާ، ސައިބަރ ސެކިއުރިޓީގެ ބިލާއި ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހަޅުއްވާފައިވާ، ވަޠަނީ ޚިދުމަތުގެ ބިލު ފާހަގަކޮށްލެވެއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.
މަޖިލީހުގެ ދައުރުގެ މުއްދަތު މިއަދު އިތުރުކުރި ނަމަވެސް މިމަހުގެ 22 ވާ ހުކުރު ދުވަހުން ފެށިގެން 30 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ބޮޑު އީދު ޗުއްޓީއަށް ސަރުކާރު ބަންދުވާނެއެވެ.

.jpg&w=3840&q=75)