logo

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމުގެ ޗިޓު އޭނާއަށް ރައްދުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.

ފުލުހުން ހޯދަމުންދަނީ ނަރުގިސްވިލާ / ވ. ރަކީދޫ އިޤްބާލް އުމުރު 40 އަހަރެއެވެ. މި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މާރިޗު 24 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވާން އޭނާއަށް ވަނީ އަންގާފައެވެ.

ad