logo

ރޯދަ ހަދިޔާ މަސްދަޅު މާލޭސަރަހައްދުގައި ދެން ދޫކުރާނީ މިފްކޯ މަރުކަޒުން އެކަނި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ރޯދަ ހަދިޔާގެ ގޮތުގައިސަރުކާރުން ދޫކުރާ މަސްދަޅު ކޭސް މިއަދުން ފެށިގެން ދެން ދޫކުރާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޫ ކުރާ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަހައްދުގައި ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާ ކަމަށެވެ.

އަދި ރޯދަ ހަދިޔާ ދޫ ކުރި އިރުގައި އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8:30 އިން 11:00 އަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118،773 ގޭބީސީއަކަށެއެވެ. އެއީ މާލޭގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

އަދި އަތޮޅުތެރޭގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ، އެ ރަށެއްގެ ކައުންސިލުންނެވެ.

ad