ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެނެވެ.
މި އިންތިހާބަށް ޖުމްލަ ހަތް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ:
މާލޭގެ ދަރުމަވަންތަ ސްކޫލުގައި 2 ފޮށި
އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި 5 ފޮށި
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ދަރަންޏަށް ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ފަރާތުން އަބްދުﷲ ސޯދިގު (ސޯބެ) އަދި ޕިއެންސީގެ ފަރާތުން އަހްމަދު ސައީދު (ސޮޑާ) އެވެ.


