ވައި ތަޣައްޔަރުވުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވުމާ ގުޅިގެން، މެޓުން އިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ރަތް ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓުން) ބުނީ ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދިފައިވާ ދުންފުނީގެ ސަބަބުން، ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ މިންވަރަށް ވައިނުސާފުވެފައިވާ ކަމަށެވެ.
މެޓުން ވަނި ރައްޔިތުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވަނީ އުތުރުގެ ރަށެއް ކަމަށްވާ ހދ. ކުޅުދުއްފުއްޓަށެވެ. އެ ރަށުގެ އިންޑެކްސް ވަނީ 168 އަށް އަރައިފައެވެ. ދެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މާލެ އާއި ވިލިމާލއަށް އެގޮތުން މާލެ އާއި ވިލިމާލޭގެ ރެކޯޑުތައް 160 ގައި ހުރިއިރު، ދެކުނުން ލ. ފޮނަދޫގެ ނިސްބަތް ހުރީ 151 ގައެވެ.
މެޓް އޮފީހުން ބުނީ ދުން ފުހުގެ އަސަރު މުޅި ރާއްޖެއަށް އަސަރުކުރާނެ ކަމަށާއި އެގޮތުން ކުރިޔަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ހުންނާނެކަަމަށް ބެލެވޭ ކަމަށެވެ.
ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ދުންފުހުގެ އަސަރު ބޮޑުވާނެކަަމަށް ލަފާކުރެވޭކަމަށް ވެސް މެޓުން ބުންޏެވެ.
މެޓުން ބުނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.


