logo

ގެވެށިއަނިޔާގެ މައްސަލަތައް ދެން އޮންލައިންކޮށް ހުށަހެޅޭނެ

މަރްޔަމް
5 ގަޑިއިރު ކުރިން

ގެވެށިއަނިޔާގެ މައްސަލަތައް އޮންލައިންކޮށް ފެމިލީ ކޯޓަށް ހުށަހެޅޭނެ "އީ-ފޯމު" ތައާރަފުކޮށްފި އެވެ.

އެ ކޯޓުގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އެ ހިދުމަތް އިފްތިތާހުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ފެމިލީ ކޯޓުން ބުނީ މި ނިޒާމު ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ކޯޓަށް ހާޒިރުވުމުގައި ހުރި ހުރަސްތައް ނައްތާލައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަކަމާ އެކު އަދުލުއިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށެވެ. އެގޮތުން، އެ މީހަކު ހުރި ކޮންމެ ތަނަކުން އަދި ކޮންމެ ވަގުތެއްގައި ވެސް މިހާރު ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ފެމިލީ ކޯޓުން ބުނީ ހުށަހަޅާ ފޯމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ގެންނަން ޖެހޭ ބަދަލުތައް، އެސްއެމްއެސް މެދުވެރިކޮށް ވަގުތުން ވަގުތަށް ކޯޓުން ފޯމު ހުށަހެޅި ފަރާތަށް އަންގަމުން ދާނެ ކަމަށެވެ.

އެ ކޯޓުން އެ އޮންލައިން ނިޒާމު ގާއިމުކޮށްފައި ވަނީ ކުރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ހެލްތު ފެމިލީ އެންޑް ވެލްފެއާގެ އެހީތެރިކަމާ އެކީގަ އެވެ.

ގެވެށިއަނިޔާ އަކީ ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓްކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލަ އެވެ.

ad