logo

ޕޮލިޓެކްނިކްގެ "އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025" ގއ.ވިލިނގިލީގައި ފަށައިފި

އާޝިޔާ ޞާލިޙް
އާޝިޔާ ޞާލިޙް
2 ދުވަސް ކުރިން

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ""އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025"ގެ ނަމުގައި ގއ.ވިލިނގިލީގައި ތަފާތު ފަންނުތައް ދައްކުވައިދޭ އެކްސްޕޯއެއް ފަށައިފިއެވެ. ޕޮލިޓެކްނިކްގެ ގއ.ވިލިނގިލީ ކެމްޕަހުގެ ފަރާތުން އެ ރަށުގައި، ދިވެހިރާއްޖޭގައި ނެތެމުންދާ އެތަށް ފަންނުތަކަކުން ދިވެހިން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، މި ފަންނުތައް އާންމުންނަށް ދައްކައިލުމަށް ޚާއްސަ އެކްސްޕޯއެއް ފަށަފައިއެވެ. އެގޮތުން، ކުރެހުންތަކާއި، ލަނކުނޑިން ތައްޔާރުކޮށްފައިވާ ތަކެތި، ކެލިގްރަފީ، ލިޔެލާޖެހުން އަދި އެނޫން ވެސް ފަންނުވެރިން އުފައްދަވައިވާ އެކި ތަކެތި ވަނީ މި އެކްސްޕޯގައި ދައްކައިލެވިފައެވެ. މި އެކްސްޕޯ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 22 ނޮވެމްބަރ 2025 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ 16:00 ކުން 22:00 ކަށެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވުޑްކަރވިން، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ވެލްޑިންގ ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައިވާއިރު، ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގައި ފަންނުތައް ދިރުވާ ޢާލާކުރުމަށް ދަނީ އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.

ad