logo

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖޫން މަހު 57 މިލިއަން ރުފިޔާ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި 57.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަކަށް އެންސްޕާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ 57،938،000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ތަފާސްހިސާބު ދައްކާ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ އަދަދަކީ 15652 މީހުންނެއެވެ. އޭގެ ތެރެއިން މާލީ އެހީ ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަދަދަކީ 15414 މީހުންނެވެ.
ނުކުޅެދޭ މީހުންގެ ގޮތުގައި ޖޫން މަހު އަލަށް ރަޖިސްޓާ ކުރެވުނު މީހުންގެ އަދަދަކީ 252 މީހުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ މާލީ އެހީގެ ގޮތުގައި ޖޫން މަހު ގޮތުގައި ޖުމްލަ 253 މީހުންނަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެއީ 175 ފިރިހެނުންނާއި 78 އަންހެނުންނެވެ. ތެރަފިއުޓިކް ފަރުވާ އަށް 7،072،834 ރުފިޔާ ޖޫން މަހު ވަނީ ހަރަދުވެފައިއެވެ.

އެންސްޕާ އާއި އާސަންދަ އިން އެކި ފަރާތްތަކަށް ކުރަންޖެހޭ ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާތީ ސަރުކާރުން ގެންދަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީ ލިބޭކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ad