އަޑިޔަށް ދިޔަ ލޭންޑިން ކްރާފްޓުން ގެއްލުނު ދެ މީހުން އަދިވެސް ދަނީ ހޯދަމުން ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަ ކޮށްފިއެވެ.
ފުލުހުން ބުނީ ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ ކ. ގާފަރު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބި ކަމަށާއި، އޭގެ ތެރެއިން 8 މީހަކު މިހާތަނަށް ފެނިފައިވާއިރު، ގެއްލިފައިވާ ބާކީ 2 މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންން ކަމަށެވެ.

.jpg&w=256&q=75)
