logo

ނުރައްކާތެރި އެކްސިޑެންޓެއްގައި މެލޭޝިޔާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ގެ ތައުޒިޔާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

ނުރައްކާތެރި އެކްސިޑެންޓެއްގައި މެލޭޝިޔާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ގެ ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައިސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހިޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށްތަޢުޒިޔާ ދަންނަވާ ކަމަށެވެ

އަދި ތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވުމަށް އެދި ދުއާ ދަންނަވާ ކަމަށެވެ.

ދެ ކާރު ޖެހިގެން ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ މެލޭޝިއާގެ ”ޓެއިލާސް ޔުނިވަސިޓީ“ ގައި މަތީ ތަޢުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ މޯލްއަކުން ވިޔަފާރި ކުރުމަށްފަހު، ’ގްރެބް‘ އެޕްލިކޭޝަން މެދުވެރިކޮށް ހޯދި ކާރެއްގައި އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ.

މި ހާދިސާ ހިނގި ވަގުތު އިމީލިއާގެ އިތުރުން އެހެން ދިވެއްސަކު ވެސް އެ ކާރުގައި އިން ކަމަށް މަޢުލޫމާތު ލިބެއެވެ

ad